Category: tech

  • މޫސުމީ ބަދަލާ އެކު ހައްޖު މޫސުމުގައި ހޫނު ގަދަވެ، ފިނި ދުވަސްތައް މަދުވަނީ: ދިރާސާ

    މޫސުމީ ބަދަލާ އެކު ހައްޖު މޫސުމުގައި ހޫނު ގަދަވެ، ފިނި ދުވަސްތައް މަދުވަނީ: ދިރާސާ

    ދުނިޔޭގެ އެންމެ ހޫނުގަދަ އަދި އެންމެ ހަނަފަސް އެއް ސަރަހައްދު ކަމަށްވާ ސައުދީ އަރަބިއްޔާގެ ހުޅަނގުގައި އޮންނަ މައްކާގައި ބާއްވާ ހައްޖުގެ އަޅުކަމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މިލިއަނުން މީހުން އެއްތަންވާ، ދުނިޔޭގެ އެންމެ ބޮޑު ދީނީ އެއްވުމެވެ. މި އެއްވުމުގައި ބައިވެރިވާ ހާޖީންނަށް އާދަޔާ ހިލާފު ގަދަ ހޫނަކާ ކުރިމަތިލާންޖެހޭތާ އަހަރުތަކެއް ވެއްޖެ އެވެ.

  • މިހާރު އިންޑިއާއަށް ދާއިރު ސެލްފް ޑެކްލަރޭޝަން ފޯމް ހުށަހަޅަންޖެހޭނެ

    މިހާރު އިންޑިއާއަށް ދާއިރު ސެލްފް ޑެކްލަރޭޝަން ފޯމް ހުށަހަޅަންޖެހޭނެ

    އިންޑިއާއަށްް ދަތުރު ފެށުމުގެ ކުރިން، ސެލްފް ޑެކްލަރޭޝަން ފޯމް ފުރަންޖެހޭ ގޮތަށް އެ ގައުމުގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ހަމަޖައްސައިފި އެވެ. 

    Advertisement

    މިގޮތަށް ކަނޑައެޅީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރްސީ) ގައި ފެތުރެމުންދާ އިބޯލާ ވައިރަހާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މުޅި ދުނިޔެއަށް ހެލްތު އިމަޖެންސީ އިއުލާނުކުރުމާ ގުޅިގެން އަމަލުކުރުމަށް ޑީޖީސީއޭ އެއާލައިންތަކުން ކަނޑައެޅި އެސްއޯޕީއެއްގަ އެވެ. 

  • ހިމަބިހިން ރައްކާތެރިވާން ދެ ޑޯޒު ނުޖަހާ މީހުންނަށް ވެކްސިން ޖަހަން ފަށަނީ

    ހިމަބިހިން ރައްކާތެރިވާން ދެ ޑޯޒު ނުޖަހާ މީހުންނަށް ވެކްސިން ޖަހަން ފަށަނީ

    ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެ އިދާރާގެ ޕަބްލިކް ހެލްތު ޑިރެކްޓަރު ނާޝިޔާ އަބްދުލްޣަފޫރު ވިދާޅުވީ، ރާއްޖެއިން ނައްތާލާފައިވާކަމަށް ކަނޑައަޅާފައިވާ ބަލި ފެނުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

    އޭގެ ތެރެއިން، ބަލި ޖެހިފައިވާ މީހުންނާއި އެ މީހުންގެ ކޮންޓެކްޓުން އަދި ސިއްހީ ހިދުމަތްތެރިންގެ ތެރެއިން ދެ ޑޯޒު ފުރިހަމަނުކުރާ މީހުންނަށް ވެކްސިން ދެމުން އަންނަ ކަމަށް ނާޝިޔާ ވިދާޅުވި އެވެ. 

  • ތުހުމަތުތައް ދޮގު ކުރައްވައި، މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް އިސްތިއުފާ ދެއްވައިފި

    ތުހުމަތުތައް ދޮގު ކުރައްވައި، މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް އިސްތިއުފާ ދެއްވައިފި

    ނާޒިމް ވަނީ އިސްތިއުފާ ދެއްވުމުގެ އިތުރުން އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގު ކުރައްވައި، ބަޔާނެއް ވެސް ނެރުއްވައިފަ އެވެ. އޭނާގެ އިތުބާރު ނެތް ކަމަށް ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ސޮއި ކުރައްވާ މަޖިލީހަށް ހުށަހެޅީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާ ކަމުގެ ތުހުމަތުގަ އެވެ. އަދި މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ، ޒިންމާ އިން ބަރީއަވާ ކަމަށް ތުހުމަތުކޮށްްފައިވެ އެވެ.